ހުލާސާކޮށް އިއްޔެ: ހުޅުމާލެ ސިޓީ ކައުންސިލް އުފައްދަން ގޮވާލުން

އަދަދު

3 ނޮވެމްބަރު 2025 | ހޯމަ | 6:42

ހުޅުމާލެ އަކީ ވަކި ސިޓީއަކަށް ހަދައި، އެ ރަށުގައި ހުޅުމާލެ ސިޓީ ކައުންސިލް ގާއިމް ކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަހްމަދު ޝަމްހީދު އިއްޔެ ގޮވައިލި އެވެ.

ޝަމްހީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ސުޕަ މެޖޯރިޓީން ހުޅުމާލޭގެ ކުރިއެރުމަށް އިސްކަން ނުދީފާނެ ކަމަށެވެ. ލޯކަލް ގަވަނަންސް ފޯރުކޮށްދޭން ޖެހޭނީ އެތަނެއްގައި ދިރިއުޅޭ އެތަނެއްގެ މީހުން ވެސް ދަންނަ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލެއާ ވަކިން ހުޅުމާލޭގައި މިނިވަން ވަކި ސިޓީ ކައުންސިލެއް އޮންނަން ޖެހޭ. މާލެ ސިޓީ ކައުންސިލުގެ ސުޕަ މެޖޯރިޓީން ހުޅުމާލޭގެ ކުރިއެރުމަށް އިސްކަން ނުދީފާނެ. އެހެން ބަޔަކު ބަސް ކިޔުން ހަމައެއް ނުޖެހޭ. ލޯކަލް ގަވަނަންސް ފޯރުކޮށްދޭން ޖެހޭނީ އެބަޔަކު ދިރިއުޅޭ ތަނަކަށް،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް