ހުލާސާކޮށް އިއްޔެ: ކޮޅުވެއްޓި ބަންޑުން ޖަހާލުމުގައި ބޮޑެތި އިހުމާލުތަކެއް

އަދަދު

4 ނޮވެމްބަރު 2025 | އަންގާރަ | 6:49

ކާގޯ ބޯޓަކުން އެކްސްކެވޭޓަރެއް ބާލަން އުޅުމުގެ ތެރޭގައި، އެ އެކްސްކެވޭޓަރު އެރުވި ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޮޑެތި އިހުމާލުތަކެއް ފާހަގަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެ ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި 14 މީހަކު ތިއްބެވެ. ހާދިސާގައި ނިޔާވީ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ، 25، އާއި ބަންގްލަދޭޝަށް ނިސްބަތްވާ މަސްއޫދު ހުސެއިން، 32، އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު މަދުވެގެން އެމްޕީއެލްގެ އަށް މުވައްޒަފުން ތިއްބެވެ.

އެކްސްކެވޭޓަރު ނުވަތަ ހައިމާކު ބާލަން އުޅުނީ ބަނދަރާ ކައިރި ކޮށްފައި އޮތް ބޯޓަކުން، ކޮޅުވެއްޓިއަކަށް އަރުވައިގެންނެވެ. އަދަދު އަށް ޔަގީންވެފައިވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލަން ދިމާވި މައިގަނޑު ސަބަބަކީ އޭގެ ތެރޭގައި އެކްސްކެވޭޓަރު ދުއްވުމެވެ.

މައުޟޫޢުތަށް