ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މައުމޫނަށް އަރުވައިފި

އަދަދު

3 ނޮވެމްބަރު 2025 | ހޯމަ | 10:47

ނިޝާން ގާޒީ އިއްޒަތުގެ ވެރިކަން އަރުވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މިއަދު އަރުވައިފި އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މައުމޫނަށް ހާއްސަ އައްޑަނަ އެރުވީ ނޮވެމްބަރު 3، 1988، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މައުމޫނަށް ޝަރަފުގެ އައްޑަނަ އެރުއްވީ މުހައްމަދު މުއިއްޒު އެވެ. ރަސްމިއްޔާތުގައި މައުމޫނުގެ ދަރިކަލުން ޑިސެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ދުންޏާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މައުޟޫޢުތަށް