ޑްރޯނާއި މަނަވަރު ހޯދުމަށްފަހު މުއިއްޒު ވިދާޅުވީ މި ޒަމާނުގައި މިނިވަންކަން ނަގާލަނީ ހަތިޔާރު ބޭނުންކޮށްގެން ނޫން ކަމަށް

އަދަދު

3 ނޮވެމްބަރު 2025 | ހޯމަ | 12:45

މި ފަހުގެ ތާރީހެއްގައި އަސްކަރީ ދިފާއަށް އެންމެ ބޮޑު ހޭދައެއްކޮށް އަސްކަރިއްޔާއަށް ޑްރޯނާއި މަނަވަރު އަދި ޓޭންކަރު ހޯދުމަށްފަހު މި ޒަމާނުގައި ގައުމުތަކުގެ މިނިވަންކަން ނަގާލަނީ ހަތިޔާރު ބޭނުންކޮށްގެން ކުރާ ހަނގުރާމަތަކުން ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދު ދުނިޔެ މިއޮތް ޓެކްނޮލޮޖީގެ ޒަމާނުގައި "ގާފިލުކަން މަތީ" ނޭނގި ތިއްބާ ގައުމުގެ މިނިވަންކަން ނެތިގެން ހިނގައިދާނެ ކަމަށެވެ. ދުނިޔެ ބަވަނަވެ، ހަނގުރާމަ އާއި ގައުމުތައް އަޅުވެތިކުރަން ގެންގުޅޭ އުކުޅުތައް ބަދަލުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރީގަ. މިނިވަންކަން ގެއްލުވާލުމަށް، ނޫނިއްޔާ ގައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން، ކުރިމަތިލާން. އޭރުގަ އެކަން ކުރާ ގޮތަކަށް ނޫން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އެކި ގައުމުތަކުގެ މިނިވަންކަން ނިގުޅައިގަތުމުގަ ހަރަކާތްތެރިވަނީ،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް