ތުރުކީ އަކީ ރާއްޖޭގެ އެއްބަނޑު އެއްބަފާ ގައުމެއް ކަމަށް ގައްސާން ވިދާޅުވެއްޖެ

އަދަދު

3 ނޮވެމްބަރު 2025 | ހޯމަ | 1:30

މި ސަރުކާރުގައި އަސްކަރިއްޔާއަށް ގިނަ އެހީތެރިކަމެއް ވަމުންދާ ތުރުކީއަކީ ދިވެހި ރާއްޖެ އާއި އެއްބަނޑު އެއްބަފާ ގައުމެއް ކަމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ގައްސާން މިހެން ވިދާޅުވީ މި އަހަރުގެ ކުރީކޮޅު ތުރުކީން ރާއްޖެއަށް ހަދިޔާރުކުރި އަސްކަރީ މަނަވަރު ބޭނުންކުރާތަން ފުރަތަމަ ފަހަރަށް މިއަދު ހަވީރު ދައްކާލާނެކަން އިއުލާނުކުރައްވަމުންނެވެ.

"މިއަދު ހަވީރު އެމްއެންޑީއެފް އިން ދައްކާލާ ހަރަކާތުގެ ތެރޭގަ. ދިވެހި ތާރީހުގަ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އަސްކަރީ މަނަވަރު. އެއްބަނޑު އެއްބަފާ ތުރުކީ ވިލާތުން. އެ ގައުމުގެ ރައީސް އާއި ރައީސުލްޖުމްހުރިއްޔާ އާއި އޮތް ގާތް ގުޅުމުގެ ތެރެއިން ހިލޭ އެހީއެއްގެ ގޮތުގައި ހޯއްދަވާފަ އޮތް މަނަވަރާއި އަދި އެހެން އުޅަނދުތައް ވެސް ފެނިގެންދާނެ،" ގައްސާން ވިދާޅުވި އެވެ.

މައުޟޫޢުތަށް