އަމިއްލަ ކުންފުންޏަކަށް 9.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމެެއް

އަދަދު

3 ނޮވެމްބަރު 2025 | ހޯމަ | 12:32

އައިއެސް އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް 9.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލަ އަކީ އައިއެސް އެންޓަޕްރައިސަސް އާއި ފެނަކަ އާއި ދެމެދު ވެވިފައިވާ އެއްބަސްވުންތަކުގެ މަތިން ފޯރުކޮށްދިން މުދަލަށް ފައިސާ ދައްކަން ފޮނުވި 27 އިންވޮއިސްއަކަށް ފައިސާ ނުލިބިގެން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ފެނަކައިން ވަނީ މި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ ކުންފުނިން ކޯޓުގައި ބުނީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ކަމަށް އައިއެސް އިން ބުނާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަަމަށެވެ. މިހެން ބުނެ ފެނަކައިން އެދުނީ އައިއެސް ކުންފުނިން ހޯދަން އެދިފައިވާ ފައިސާއަކީ ނަގައި ނުދެވޭނެ ފައިސާކަން ކަނޑައަޅައިދިނުމަށެވެ.

މައުޟޫޢުތަށް