މަނަވަރާއި ޓޭންކަރުތައް ނެރެގެން މިއަދު ހަވީރު ސިފައިން އަސްކަރީ ހަރަކާތެއް ކުރިއަށް ގެންދަނީ
އަދަދު
3 ނޮވެމްބަރު 2025 | ހޯމަ | 2:18
މި އަހަރު އަސްކަރިއްޔާއަށް ގެނައި މަނަވަރާއި ގަތް ޓޭންކަރުތައް ނެރެގެން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ސިފައިން މާލޭގައި އަސްކަރީ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސިފައިން ކުރިއަށް ގެންދާ އަސްކަރީ ހުށަހެޅުން ފެށޭނީ މިއަދު ހަވީރު 4:15 ގައި ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދަނީ ޖުމްހުރީ މައިދާނާއި މާލޭ ފަޅު ތެރެ އަދި އެ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދުގަ އެވެ.
މި ހަރަކާތަށް ތައްޔާރުވުމަށް ވޭތުވެދިޔަ ދެތިން ދުވަހު ސިފައިން ވަނީ މާލެ ކައިރި ކަނޑުގެ ސަރަހައްދުން ބަޔަކާއި ޖުމްހުރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކޮށް ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިފައިން ދައްކައިދެނީ ރާއްޖެއަށް ކުރިމަތިވެދާނެ އުދުވާނީ ހަމަލާއަކުން ސަލާމަތްވުމަށް ކަންކުރާނެ ގޮތެވެ.