ބަޖެޓު 2026: ޓެކްސް އާމްދަނީ ފުރަތަމަ ފަހަރަށް 30 ބިލިއަނުން މައްޗަށް އަރާނެ ކަމަށް ލަފާކޮށްފި

އަދަދު

4 ނޮވެމްބަރު 2025 | އަންގާރަ | 8:30

އަންނަ އަހަރު، ޓެކްސް އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ބަޖެޓާއެކީ ފިނޭންސުން ހުށަހަޅާފައިވާ އަންދާޒާތަކުގައިވާ ގޮތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 31.2 ބިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. މިއީ ޓެކުހާއި ޓެކްސް ނޫން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދުގެ ހަތަރު ބައި ކުޅަ ތިން ބައި ނޫނީ 75 ޕަސެންޓެވެ.

ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ ތެރެއިން ބޮޑު ބަޔަކީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 17 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާއިރު، މިއީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރާ 16.1 ބިލިއަން ރުފިޔާއަށް ވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މައުޟޫޢުތަށް