ބަޖެޓު 2026: މި އަހަރަށްވުރެ އަންނަ އަހަރު ސަރުކާރަށް 7،800 މުވައްޒަފުން އިތުރުވާނެ ކަމަށް ލަފާކޮށްފި
އަދަދު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 1:23
ސަރުކާރުގެ މުވައްޒަފުންގެ އަދަދު މި އަހަރަށްވުރެ އަންނަ އަހަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ހިސާބުތަކުން ދައްކައިފި އެވެ.
ބަޖެޓުގައި ހިމަނާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ސަރުކާރު މުވައްޒަފުންގެ ގޮތުގައި ތިބީ 45،800 އެއްހާ މުވައްޒަފުންނެވެ. މި އަދަދު އަންނަ އަހަރުގެ ކުރީކޮޅު 53،700 އަށްވުރެ މަތިވާނެ ކަމަށް ބަޖެޓުން ދައްކަ އެވެ.
މިއީ 7،800 އަށްވުރެ ބޮޑު އިތުރުވުމެކެވެ. 2024 އިން ފެށިގެން 2025 އަށް ސަރުކާރުން 1،500 އެއްހާ ވަޒީފާ އަލަށް ދީފައިވެ އެވެ.