ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދުވެރިކަން ދިވެހިންނަށް ދާއިމަށް ހަނދާންކޮށްދޭ ދުވަހެއް: ޔާމީން
އަދަދު
4 ނޮވެމްބަރު 2025 | އަންގާރަ | 8:33
ނަސްރުގެ ދުވަހަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން މަދަދުވެރިކަން ދިވެހިންނަށް ދާއިމަށް ހަނދާންކޮށްދޭ ދުވަހެއް ކަމަށް، އިންޑިއާއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3، 1988، ގައި ތަމަޅަ ބަޔަކާއެކު ދިވެހިންތަކެއް ހަތިޔާރާއެކު ވެރި ރަށް މާލެއަށް އެރުމުން އެއިރުގެ ސަރުކާރުން ވަނީ އިންޑިއާގެ އެހީ ހޯދައިފަ އެވެ. އިންޑިއާގެ މިލިޓަރީ ފޯސްއެއް ރާއްޖެ އައިސް ރަހީނުން ސަލާމަތްކޮށް، ބާޣީން ހައްޔަރު ކުރުމަށްފަހު އަމަން ބަލަހައްޓަން އެހީތެރިވެދިނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން ވަނި ނަސްރުގެ ދުވަހާ ގުޅުވައިގެން ހަތް ކަމެއް ފާހަގަ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އާންމުންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އިންޑިއާގެ ވާހަކަ އެވެ.