އެންޓިގުއާ އެންޑް ބާބޫޑާއަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް

އަދަދު

4 ނޮވެމްބަރު 2025 | އަންގާރަ | 10:11

އެންޓިގުއާ އެންޑް ބާބޫޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.

ދިވެހިރާއްޖެއިން އެންޓިގުއާ އެންޑް ބާބޫޑާއަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައިޝަތު ޝިރުޒިމަތު ސަމީރު، މ. ޒީނާ ގެ ނަމެވެ.

ޝިރުޒިމަތު ސަމީރު މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ. ނޮން ރެޒިޑެންޓް ސަފީރުކަމަކީ އެކަމަށް ވަކި ހާއްސަ އިނާޔަތެއް ނުވަތަ މުސާރައެއް ލިބޭ މަގާމެއް ނޫނެވެ.

މައުޟޫޢުތަށް