ބަޖެޓު 2026: އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމަކީ އިންޑިއާ، ޗައިނާގެ ހިލޭ އެހީއެއް ނެތް
އަދަދު
4 ނޮވެމްބަރު 2025 | އަންގާރަ | 1:39
މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ހިލޭ އެހީ ދޭ ގައުމަކަށް އިންޑިއާ ވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ ޖުމްލަ 335 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން 322.9 މިލިއަން ރުފިޔާ އަކީ މަޝްރޫއުތަކަށް ލިބޭ އެހީ އެވެ. ފައިސާގެ ގޮތުގައި ލިބޭ ހިލޭ އެހީގެ އަދަދަކީ 32 މިލިއަން ރުފިޔާ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އަދަދުގެ ތެރެއިން ގައުމުތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 85 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 73.6 މިލިއަން ރުފިޔާ އަކީ އިންޑިއާގެ ހިލޭ އެހީ އެވެ.