ސަރުކާރަށް ދެ އަހަރުވާއިރު، ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ނުލިބޭތީ މުއިއްޒުއަށް މެންބަރުންގެ ފާޑުކިޔުން
އަދަދު
4 ނޮވެމްބަރު 2025 | އަންގާރަ | 10:58
މި ސަރުކާރަށް ދެ އަހަރުވާއިރު، ވެސް ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ނުލިބޭތީ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހެއްކާ ބެހޭ ގަނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުން ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ނުލިބޭތީ ކަންބޮޑުވުން އެންމެ ފުރަތަމަ ފާޅު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސް އެވެ.
އޭނާ ވިދާޅުވީ އެކި މައްސަލަތަކުގައި ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެންނާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި އެގޮތަށް ވައުދުވެވަޑައިގަތުމުން އެކަން އެގޮތަށް ކުރައްވާނެ ކަމަށް ދިވެހީން ޔަގީން ކުރި ކަމަށް އައްބާސް ވިދާޅުވި އެވެ.