ކޮޅުވެއްޓި ބަންޑުންޖެހުން ފަދަ ކަންކަން ހިނގަނީ ސިޔާސީ ވެރިން ތަންތަނަށް އައްޔަނުކުރާތީ: ގަފޫރު
އަދަދު
4 ނޮވެމްބަރު 2025 | އަންގާރަ | 11:54
މި ގައުމުގައި ކަންކަން ގޯސްވެގެން ދަނީ އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ކަމަށާއި ކޮޅުވެއްޓި ބަންޑުން ޖެހުން ފަދަ ހިތާމަވެރި ހާދިސާތައް ހިނގަނީ ސިޔާސީ ވިސްނުމުގައި ތަންތަނުގެ ވެރިންނަށް މީހުން އައްޔަނު ކުރާތީ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ގަފޫރު ވިދާޅުވީ އެކަށީގެންވާ ފިޔަވަޅު އެޅޭ ނަމަ ގޯހުން ކަންކަން ނުހިނގާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ފެންނަނީ އެ މަންޒަރު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިޔަވަޅު ނޭޅޭތީ ކަންކަން ގޯސްވެގެން ދަނީ އިއްޒަތްތެރި ރައީސް، އެކަން މުޅި ގައުމުން ވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ސިޔާސީ ވިސްނުމުގައި މީހުން ބަދަލު ކުރީމާ ދެން އެ ތަންތަނުގެ ވެރިންނަށް ލީމާ ކޮޅުވެއްޓި ބަންޑުން ޖަހަނީ އިއްޒަތްތެރި ރައީސް، އެއީ އެކަން ވާގޮތަކީ،" ގަފޫރު ވިދާޅުވި އެވެ.