މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ހަރަދު ހާމަކުރަން ވެސް ރައީސް އޮފީހުން ދެކޮޅު ހަދައިފި
އަދަދު
4 ނޮވެމްބަރު 2025 | އަންގާރަ | 1:14
ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުގެ ތަފުސީލު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން މުއިއްޒު ގެންދަނީ އަތޮޅުތެރެއަށް ގިނަ ދަތުރުތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމަނިކުފާނު ގެންދަވަނީ ގިނަ އަދަދެއްގެ ދަތުރުތަކެއް ކުރައްވަމުންނެވެ.
ރައީސް އޮފީހާއި ސަރުކާރުން ބުނަނީ މި ދަތުރުތަކަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށާއި ރަށްރަށުގެ ހާލަތު ބެލުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ. ސަރުކާރަށް ދެ އަހަރުވުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއިއްޒު ވަޑައިގެން ރެކޯޑެއް ހެއްދެވި ކަމަށް ވެސް ސަރުކާރުން އިއުލާނުކުރި އެވެ.