ފައިސާ ޗާޕުކޮށްގެން ނޫނީ މުއިއްޒު ވައުދުވި ގޮތަށް ބުރާސްފަތީގެ ކުރިން ވިޔަފާރިވެރިންނަށް ފައިސާއެއް ނުދެވޭނެ
އަދަދު
4 ނޮވެމްބަރު 2025 | އަންގާރަ | 2:20
ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ދޫކުރަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ނޫނީ ފުއްދެން ނެތްކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ވިޔަފާރިވެރިންނަށް ދައްކަން ޖެހި، ނުދައްކާ ހުރި ފައިސާގެ އަދަދު ފަސް ބިލިއަނަށް އަރަ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ފައިސާ ބުރާސްފަތި ދުވަހުގެ ކުރިން ވިޔަފާރިވެރިންނަށް ދެއްކޭވަރުގެ ގާބިލުކަން ސަރުކާރުގައެއް ނެތެވެ.
މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ބުރާސްފަތި ދުވަހުގެ ކުރިން ވިޔަފާރިވެރިންނަށް ފައިސާ ދެއްކޭނެ ހަމައެކަނި ގޮތަކީ، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރުން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކިޔައިދިނެވެ.