ސަރުކާރުން އދ. އަށް ފޮނުވި ރިޕޯޓުގައި ބުނީ އެއްވެ އުުޅުމުގެ ފުރިހަމަ މިނިވަންކަން ދޭން މަސައްކަތް ކުރަމުންދާ ކަމަށް
އަދަދު
4 ނޮވެމްބަރު 2025 | އަންގާރަ | 7:24
އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން އދ. އަށް ފޮނުވި ރިޕޯޓެއްގައި ބުނެފި އެވެ.
އެއްވެ އުޅުމުގެ ހައްގާ ގުޅޭ ގޮތުން ރާއްޖެއިން ވާހަކަ ދެއްކީ، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ގައި ތަހުގީގު ކުރުމުގެ ކުރިން ފޮނުވި ކަންޓްރީ ރިޕޯޓުގަ އެވެ.
ރާއްޖެއިން ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައި ވަނީ 2016 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނެއްގެ ދަށުން ކަމަށެވެ. އެކަމަކު ގާނޫނު އިސްލާހުކޮށް، އެއްވެ އުޅުމުގެ ހައްގު އިއާދަ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން އެ ރިޕޯޓުގައި ބުނެފައިވެ އެވެ.