އައްޑޫ ސިޓީ ހިތަދޫ ފްލެޓަކުން 15 އަހަރުގެ ކުއްޖަކު ވެއްޓިގެން ފަރުވާދެނީ

އަދަދު

5 ނޮވެމްބަރު 2025 | ބުދަ | 12:30

އައްޑޫ ސިޓީ ހިތަދޫގެ 14 ވަނަ ފްލެޓުގެ ދެވަނަ ފަންގިފިލާއިން 15 އަހަރުގެ ކުއްޖަކު ވެއްޓިގެން ރޭ ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި ކުއްޖާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ މައިބަދަ ބިނދި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މައުޟޫޢުތަށް