ދޮގު ވިޔަސް ތެދު ވިޔަސް ކެމްޕޭނުގައި ދެއްކި ވާހަކަތައް ލިޔެ ފޮތެއް ނެރުނީ މުއިއްޒު އެކަނި: ޒަމީރު

އަދަދު

5 ނޮވެމްބަރު 2025 | ބުދަ | 12:25

ދޮގަކަށް ވިޔަސް، ތެދަކަށް ވިޔަސް ރިޔާސީ ކެމްޕޭނުގައި ދެއްކި ވާހަކަތައް ފޮތެއްގެ ސިފައިގައި ނެރުނު ހަމައެކަނި ވެރިޔަކީ ރައީސް މުހައްމަދު މުއިއްޒު ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު މިހެން ވިދާޅުވީ މުއިއްޒު ދޮގު ހައްދަވާ ކަމަށް ބުނެ އިދިކޮޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މުއިއްޒު ދޮގު ހަދާ ކަމަށް ބުނަނީ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފުރަތާއި ހަސަދަ އުފައްދަން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ވެރިކަމަށް ކުރިމަތިލި ލައްވައިގެން އައި އެއްވެސް ވެރިޔަކު، ދޮގު ވިޔަސް، ތެދު ވިޔަސް. އެމަނިކުފާނު، އެބޭފުޅަކު ކެމްޕޭނުގަ ދެއްކި ވާހަކަ ފޮތެއްގެ ސިފައިގަ ލިޔެފަކާއެއް ނެތޭ. އެހެންވީމަ އެ ދޮގު ކަމަށް އަޅުގަނޑުމެންނަށް ނިންމޭނީ. އަދި ތެދު ކަމަށް ވެސް ނިންމޭނީ ފަސް އަހަރު ނިންމުމަށް ފަހުއޭ،" ޒަމީރު ވިދާޅުވި އެވެ.

މައުޟޫޢުތަށް