ފުވައްމުލަކުގައި 11 މަޝްރުއެއް ހިންގަން ސޮއިކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އަޅައިފި
އަދަދު
5 ނޮވެމްބަރު 2025 | ބުދަ | 2:41
ފުވައްމުލައް ސިޓީއަށް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުގެ ތެރެއިން 11 މަޝްރޫއެއް ކުންފުނިތަކާ ހަވާލުކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އިއްޔެ އަޅައިފި އެވެ.
ފުވައްމުލައް ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ހަވާލުކުރި 11 މަޝްރޫއުގެ ތެރެއިން ތިން މަޝްރޫއެއް ފިޔަވައި އެހެން ހުރިހާ މަޝްރޫއެއް ހަވާލުކުރީ އަމިއްލަ ކުންފުނިތަކާ އެވެ.
މީގެ އިތުރުން މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ސިޓީގައި ސީޓީ ސްކޭންގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި، މާދަނޑު އަވަށު ފުޓްސަލް ދަނޑު ހުޅުވައިދެއްވައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ވެސް ފަށްޓަވައިދެއްވި އެވެ.