ގޯއްޗާއި ފްލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލިއިރު ޕީއެންސީގެ ދެ މެންބަރަކު ވޯޓެއް ނުދޭ
އަދަދު
5 ނޮވެމްބަރު 2025 | ބުދަ | 1:54
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާއި ގޯތިތައް ހަވާލު ކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލިއިރު، ޕީއެންސީގެ ދެ މެންބަރަކު އެކަމަށް ވޯޓު ދެއްވަން ދެކޮޅު ހަދައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެވެ. ގަރާރު ބަލައިގަތުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 40 މެންބަރަކު ވޯޓު ދެއްވިއިރު، ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރަކު ވަނީ ވަކިކޮޅަކަށް ވޯޓު ދޭން ދެކޮޅު ހައްދަވައިފަ އެވެ.
ގަރާރު ބޭރުކޮށްލަން ވޯޓު ނުދެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފު އެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދިން ސަބަބެއް އަދި ނޭނގެ އެވެ.