ފަޒުލްގެ ކުންފުނިން ވިއްކާ ސައިޒުގެ ތިން ލޯންޗު، ލޯކަލް ގަވަމަންޓު މިނިސްޓްރީއަށް ހޯދަން އިއުލާނުކޮށްފި

އަދަދު

5 ނޮވެމްބަރު 2025 | ބުދަ | 2:13

ކޮރަޕްޝަންގެ އެތައް ތުހުމަތެއް އަމާޒުވެގެން، ސަސްޕެންޑުކުރުމުން އިސްތިއުފާދިން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދުގެ އަމިއްލަ ކުންފުނިން ވިއްކާ ސައިޒުގެ ތިން ލޯންޗު ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އޮކްޓޯބަރު 29، ގައި ތިން ލޯންޗު ހޯދަން އިއުލާންކޮށްފައިވަނީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ބޭނުމަށެވެ. މި ލޯންޗުތައް ސަރުކާރަށް ވިއްކުމަށް ނޮވެމްބަރު 12، ގެ މެންދުރު ފަހު 1:00 ގެ ކުރިން ބިޑު ހުށަހަޅަން ޖެހެ އެވެ.

ބިޑު ޑޮކިއުމެންޓުގައިވާ ގޮތުން ލޯކަލް ގަވަމަންޓު މިނިސްޓްރީގެ ބޭނުމަށް ހޯދަނީ 12.75 މީޓަރު ދިގުމިނުގެ ތިން ލޯންޗެވެ. މީގެ އިތުރުން ވެސް ލޯންޗުތަކުގައި ހުންނަން ޖެހޭ ވަރަށް ތަފުސީލީ ސްޕެސިފިކޭޝަންތަކެއް ބިޑު ކަރުދާހުގައި ހިމަނާފައިވެ އެވެ.

މައުޟޫޢުތަށް