ބިންވެރިޔާ ސްކީމުން ލިބިފައިވާ ގޯތި އަތުލިޔަސް ހެޔޮ ކަމަށް ބުނާ އިގުރާރެއްގައި ސޮއި ކުރަން މަޖުބޫރު ކުރުވަނީ
އަދަދު
5 ނޮވެމްބަރު 2025 | ބުދަ | 2:26
ބިންވެރިޔާ ސްކީމުން ލިބިފައިވާ ގޯތި އަތުލިޔަސް ހެޔޮ ކަމަށް ބުނާ އިގުރާރެއްގައި ބިންވެރިން ސޮއި ކުރަން ސަރުކާރުން މަޖުބޫރު ކުރަން ފަށައިފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ލިބިފައިވާ ގޯތިތަކުގެ އެގްރިމެންޓުގައި ސޮއި ކުރަން ސަރުކާރުން އޮތީ މާދަމާގެ ނިޔަލަށް މުހުލަތެއް ދީފަ އެވެ. މާދަމާގެ ނިޔަލަށް އެގްރިމެންޓުގައި ސޮއި ނުކުރާ މީހުންނަށް ގޯތި ނުލިބޭނެ ކަމަށް ސަރުކާރުން އޮތީ އަންގައިފަ އެވެ.
އެ އެގްރިމެންޓުގައި މިއަދު ސޮއި ކުރަން ދިޔައިރު، ސަރުކާރުން ދަނީ އިތުރު ގަރާރެއްގައި ބިންވެރިން ސޮއި ކުރަން މަޖުބޫރު ކުރަމުންނެވެ. އެ ގަރާރުގައި ބުނެފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ އުސޫލުގައިވާ ޝަރުތު ފުރިހަމަނުވާ ނަމަ ކޮންމެ އިރެއްގައި ވެސް ގޯތި އަތުލިޔަސް ވަރިހަމަ ކަމަށެވެ.