ހުޅުދޫ ކައުންސިލާއި އާއި މީދޫ ކައުންސިލްގެ އިހުތިސޯސުގެ އިން ރަސްމީކޮށް ކަނޑައަޅަނީ

އަދަދު

5 ނޮވެމްބަރު 2025 | ބުދަ | 5:45

ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލުގެ އިހުތިސޯސް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނެ ގޮތް ރަސްމީކޮށް މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

އައްޑޫއަށް ކުރައްވާ ދަތުރުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް ސ. އަތޮޅު މަދުރަސާގެ ދެކުނަށް އޮތް އާބާދު މަގު އިރަށް ދަމާލުމުން އެ މަގު ގޮސް ނިމޭ ހިސާބުގެ އުތުރު ފަޅިއަކީ މީދޫ ކަމަށް އަދި ދެކުނު ފަޅިއަކީ މީދޫ ކަމަށެވެ.

"އެހެންވީމަ މިއަދާ ހަމައަށް އައިއިރުގައި ކުރީ ޒަމާނުއްސުރެ ހުޅުދޫ އަދި މީދޫ ހިނގަމުން އައި ގޮތް އެއީ އަޅުގަނޑުމެން ވެސް ކުރިއަށް ގެންދާނެ ގޮތަކީ. މިގޮތުން ހަމަ ބަލާލާއިރުގައި ސ. އަތޮޅު މަދުރަސާގެ ދެކުނުން އޮތް އާބާދު މަގުގެ ދެކުނު ފަޅީގައި ދިރިއުޅެނީ ހުޅުދޫ ރައްޔިތުން. އެ މަގުގެ އުތުރު ފަޅީގައި ދިރިއުޅެނީ މީދު ރައްޔިތުން،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް