މުއިއްޒުގެ ޖަލްސާ މޭޔަރު ނިޒާރު ބޮއިކަޓުކޮށްފި
އަދަދު
5 ނޮވެމްބަރު 2025 | ބުދަ | 9:19
ރައީސް މުހައްމަދު މުއިއްޒު މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ޖަލްސާގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައިފި އެވެ.
ނިޒާރު އަދަދު ނޫހަށް ވިދާޅުވީ އައްޑޫ ރައްޔިތުންނާއެކު ބާއްވާ އެ ޖަލްސާގައި ރައްޔިތުންގެ ފަރާތުން ގިނަ ވާހަކަތަކެއް ދައްކަން ހުރިއިރު، އެ ފުރުސަތު ނެތް ޖަލްސާއެއްގައި ބައިވެރިވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ރައްޔިތުންނާއެކު ބާއްވާ ޖަލްސާއެއްގައި، މި ސިޓީގެ ރައްޔިތުންގެ އަޑު އިއްވުމަށް މޭޔަރަށް ފުރުސަތު ނެތް ޖަލްސާއެއްގައި ބައިވެރިވުމުގެ ބޭނުމެއް އޮތް ކަމަކަށް ނުވިސްނޭ،" ނިޒާރު ވިދާޅުވި އެވެ.