މުއިއްޒު އަތުލި ހިތަދޫ ޓޫރިޒަމް ޒޯން ކައުންސިލަށް އަލުން ހޯދައި ދޭނަން: ފައްޔާޒު
އަދަދު
5 ނޮވެމްބަރު 2025 | ބުދަ | 9:41
ރައީސް މުހައްމަދު މުއިއްޒު ހުދުމުހުތާރު ގޮތެއްގައި އަތުލި ހިތަދޫ ޓޫރިޒަމް ޒޯނުގެ ބިން، އެމްޑީޕީގެ ވެރިކަމެއްގައި އަލުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ކުރިން އިކޮނޮމިކް މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ހިތަދޫ ސަރަހައްދުން ކަނޑައެޅި ހާއްސަ ޒޯނު މުއިއްޒުގެ ސަރުކާރުން އަތުލީ އަމިއްލަ ފައި މައްޗަށް ތެދުވުމަށް އައްޑޫ ސިޓީއިން ކުރަމުންދާ މަސައްކަތްތައް އެއްކޮށް ހުއްޓުވާލުމަށް" ކަމަށެވެ.
ހަންކެޑެ މަޝްރޫއު ގެއްލުވާލުމަށް ފަހު އެންމެފަހުން ޓޫރިޒަމް ބިންތައް ވެސް އަތުލަމުން އެ ދަނީ ޓޫރިޒަމްގެ ސީދާ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެެ ކަމަށް ހުރަސް އެޅުމަށް ވެސް އޭނާ ވިދާޅުވި އެވެ.