ބޭނުންވާ ގޮތަށް ގަވާއިދު ބަދަލުކޮށްގެން 53 ކުންފުންޏަކަށް ބަހާލާ މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާ
އަދަދު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 8:44
ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިއަދު 53 ކުންފުންޏަކަށް ބަހާލާ 200 އަށް ވުރެ ގިނަ މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާކަން އެނގިއްޖެ އެވެ.
އައްޑޫ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ 205 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކުރާނެ ކަމަށެވެ. ފުވައްމުލަކާއި އައްޑޫ ދަތުރުގެ ތެރެއިން އަށް މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އިތުބާރު ކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާ 206 މަޝްރޫއުއެއްގައި މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ސޮއިކުރެ އެވެ. އެ ރަސްމިއްޔާތުގައި މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ އެވެ.