ސަރުކާރުން ދޭ ރޯދަ ހަދިޔާ ހޯދަން ރެޖިސްޓްރީ ވާން އިއުލާނު ކުރަން ފަށައިފި
އަދަދު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 8:30
ސަރުކާރުން ދޭ ރޯދަ ހަދިޔާ ހޯދަން ބޭނުންވާ ގޭބިސީތައް ރެޖިސްޓްރީކުރަން އަންގައި އިއުލާނުކުރަން ފަށައިފި އެވެ.
ސަރުކާރުން ހިލޭ ދޭ ރޯދަ ހަދިޔާ ހޯދުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލައިފައި ވަނީ ދ. މީދޫ ކައުންސިލުންނެވެ. ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރު ސަރުކާރުން ދެނީ ކޮންއެއްޗެއް ކަމެއް ނޭނގެ އެވެ.
އެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރޯދަ ހަދިޔާ ހޯދަން ބޭނުންވާ ގޭބިސީތަކުން މިމަހު 10، ގެ ކުރިން ކައުންސިލުގައި ރެޖިސްޓްރީވާން އެދޭ ކަމަށެވެ. ގޭބިސީތަކުގެ ގޮތުގައި ބަލާނީ ވަކިން ކައްކާ ކައިބޮއި ދިރިއުޅޭ ދިވެހި އާއިލާތައް ކަމަށް އެ އިއުލާނުގައި ބުންޏެވެ.