މިއަދު ބަހާލާ މަޝްރޫއުތަކުގެ ތެރެއިން 12 ރަށެއްގައި 725 ހައުސިން ޔުނިޓު އަޅަން މިއަދު ހަވާލުކުރަނީ
އަދަދު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 9:13
ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިއަދު ބާއްވާ ރަސްމިއްޔާތުގައި 725 ހައުސިން ޔުނިޓު އަޅަން ހަވާލުކުރާކަން އެނގިއްޖެ އެވެ.
އިތުބާރު ކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާ 206 މަޝްރޫއުއެއްގައި މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ސޮއިކުރެ އެވެ. އެ ރަސްމިއްޔާތުގައި މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ހައުސިން ޔުނިޓު އަޅަން ހަވާލުކުރަނީ 12 ރަށެއްގަ އެވެ. އެއީ ހުރިހާ ރަށެއްގައި ޖުމްލަ 725 ހައުސިން ޔުނިޓެވެ. މި މަޝްރޫއުތަކުގެ އަގަކީ 947 މިލިއަން ރުފިޔާ އެވެ.