ބަހާލި ޕްރޮޖެކްޓުތައް: އުވައިލުމުގެ މަރުހަލާގައި އޮތް މެންބަރު ތޯރިގުގެ ކުންފުންޏަށް 4.7 މިލިއަނަށް ދެ ޕްރޮޖެކްޓު
އަދަދު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 2:34
ބިޑު ކުރުމެއް ނެތި މިއަދު ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން، ކުޅިވަރުގެ ދާއިރާއިން ހދ. ކުޅުދުއްފުށީގައި ހިންގަން ހަވާލުކުރި ދެ ޕްރޮޖެކްޓު ހަވާލުކުރި މައިނާ ސްޕޯޓްސް ފީލްޑު ކުންފުންޏަކީ މަހިބަދޫ ދާއިރާގެ މެންބަރު، އަހުމަދު ތޯރިގު (ޓޮމް) ގެ، އުވައިލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއްކަން އެނގިއްޖެ އެވެ.
މައިނާ ސްޕޯޓްސް ފީލްޑްއާ މިއަދު ހަވާލުކުރީ ކުޅުދުއްފުށީގައި ހޭންޑް ބޯޅަ އަދި ފުޓްސެލް ކުޅެވޭ ގޮތަށް މަލްޓި ޕާޕަސް ކޯޓެއް އެޅުމަށާއި އެ ސިޓީގައި ހުންނަ ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ހެދުމުގެ މަޝްރޫއު އެވެ.
މަލްޓި ޕާޕަސް ކޯޓު އެޅުމުގެ މަޝްރޫއު މައިނާ ސްޕޯޓްސް ފީލްޑާ ހަވާލުކުރީ 1,697,329.99ރ. އަށެވެ. ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ހެދުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 3,025,208.93ރ. އަށެވެ.