ސްޓޭޓް މިނިސްޓަރުކަން ހުށަހެޅީމަ ވެސް އެފްއެސްއެމްގެ ކްރޫއަކަށްވާން އެބަ ބޭނުންވޭ: ސަލީމް
އަދަދު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 3:21
ވަޒީފާއަށް އެދުމުން ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމު ހުށަހެޅުމުން ވެސް އޭގެ ބަދަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ކްރޫއިންނަށް ވާން ބައެއް މީހުން އެދިފައިވާ ކަމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު، އަހްމަދު ސަލީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީއަށް އެފްއެސްއެމް ހާޒިރުކުރި ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު، ސަލީމް ވިދާޅުވީ އެފްއެސްއެމްގެ ބޯޓު ކްރޫއިންނަށް ވާން ބޭނުންވާ ގިނަ ބަޔަކު ވަޒީފާ ހޯދުމަށް އެދުމުން އެމީހުންނަށް ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ) އިން ފެށިގެން ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމު ހުށަހެޅުމުން ވެސް ބޭނުންވަނީ އެފްއެސްމެގެ ކްރޫއަކަށްވާން ކަމަށެވެ.
"އަޅުގަނޑުމެން މެންބަރުން ކައިރިއަށް އެންމެ ގިނައިން މިއަންނަނީ އެފްއެސްއެމްގެ ބޯޓަކަށް އެރޭތޯ އެނގޭތޯ. ވަރަށް ގިނަ މީހުން އެބަ އަދޭ އެނގޭތޯ. ދެން އަޅުގަނޑުމެން އެމީހުންކުރެން އެބަ އަހަން އަޅުގަނޑުމެން ދީފާނަމޭ [އެހެން ތަނަކުން]، ތިއީ ވަރަށް އުނދަގޫ ތަނެކޭ މީހަކު ވައްދަން،" ސަލީމް ވިދާޅުވި އެވެ.