ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

އަދަދު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 5:51

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ހިމެނެނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީގައި ހިމެނޭ 22 މެންބަރުންނެވެ. މިއަދު ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވީ އޭގެތެރެއިން 18 މެންބަރެކެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް، ބަޖެޓު ކޮމިޓީގެ މުގައްރިރުކަމަށް ހޮވީ މެންބަރުންގެ އިއްތިފާގުންނެވެ. ބަޖެޓު ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިހާބުކުރި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދަކީ އިގުތިސޯދީ ކޮމިޓީގެ މުގައްރިރެވެ. އޭނާ އިންތިހާބު ކުރީ ވެސް މެންބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް