ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

އަދަދު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 7:51

ރިސޯޓުތަކުގައި ބޭނުން ކުރުމަށްފަހު އުކާލާ ތެޔޮ މާލެ ސަރަހައްދަށް ގެނެސް ވިއްކަމުންދިޔަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު އެ ފަސް މީހުން ހައްޔަރުކުރީ އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އެ މީހުން ތެޔޮ ވިއްކަމުން ދިޔައީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާ ގޮތާއި ހިލާފަށް ކަމަށް ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަތަރު މީހުންނެވެ.

މައުޟޫޢުތަށް