ބަހާލި ޕްރޮޖެކްޓުތައް: މެންބަރު އަސަދުﷲ އަށް 87 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

އަދަދު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 8:24

މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބުގެ ކުންފުންޏަށް 87.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފި އެވެ.

އަސަދުﷲ ގެ އެސް.އޭ.އެން.އެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ ގދ. ފިޔޯރީގެ ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

ފ. ނިލަންދޫގައި މަސް ބަންދުކުރާ ކާރުހާނާއެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމާއި، އެތަނުގެ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރީ އަސަދުﷲގެ ކުންފުންޏާ ކަމަށް، އަދަދު ނޫހަށް ލިބިފައިވާ އިކޮނޮމިކް ކައުންސިލްގެ ލިޔުމުގައި އޮތެވެ. ޕްރޮޖެކްޓުތަކުގައި ސޮއިކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އިއުލާނު ކުރީ ވެސް މި ގޮތަށް ކަމަށް، ހަބަރު ޝާއިޢުކުރި ފަހުން، އެސްއޭ.އެން.އެން އިންޓަނޭޝަނަލްގެ ފަރާތުން އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މައުޟޫޢުތަށް