ސަރުކާރު ބަދަލުވީމާ ބީއެމްއެލް ޝަރީފުގެ ފަހަތުން ގާނޫނު ދާނެ: ޔާމީން
އަދަދު
8 ނޮވެމްބަރު 2025 | ހޮނިހިރު | 10:18
މި ސަރުކާރު ބަދަލުވީމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ, މުހައްމަދު ޝަރީފްގެ ފަހަތުން ގާނޫނު ދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ބީއެމްއެލްއަކީ އާންމު ރައްޔިތުންގެ ވެސް ހިއްސާ އޮންނަ ތަނަކަށްވާއިރު، އުސޫލުތަކާ ހިލާފަށް އެތަނުގެ ބޯޑަށް ނުގެންގޮސް ކަންކަން ކުރަމުންދިޔުމަކީ ސަރުކާރު ބަދަލުވުމުން ޝަރީފު ފަހަތުން ގާނޫނު ދާނެ ކަމެއް ކަމަށެވެ.
"އެއީ އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ތަނެއް. ބޯޑަށް ނުގެންގޮސް މިކަންކަން މިކުރަނީ. ބޭންކް އޮފް މޯލްޑިވްސްގައި މިހާރު ހުރި ޝަރީފަށް އެނގެންވާނެ ސަރުކާރު ބަދަލުވެއްޖެއްޔާ އޭނަގެ ފަހަތުން ގާނޫނު ދާނެ. އެކަމެއް ނުކުރެވޭނެ އޭނައަކަށް،" ޔާމީން ވިދާޅުވި އެވެ.