ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނެތް ތިން ކުންފުންޏަކަށް 52 މިލިއަންގެ ޕްރޮޖެކްޓު ބަހާލި

އަދަދު

8 ނޮވެމްބަރު 2025 | ހޮނިހިރު | 9:31

ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ހަވާލުކުރީ "ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އޮންނަ އިޖުރާތްތައް ފުރިހަމަކޮށްގެން" ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައި ނެތް ތިން ކުންފުންޏަކަށް ޖުމުލަ 52 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާކަން ފަޅާއަރައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން އިމާރާތް ކުރުމުގެ މަސައްކަތްތަކާ ގުޅޭ ޕްރޮޖެކްޓުތައް ހަވާލުކުރި ތިން ކުންފުންޏެއް، ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތެވެ. އެއީ އެފްޖޭ ޑިޒައިން އާއި، އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް އަދި އެވޯކާ ޕްރައިވެޓް ލިމިޓެޑެވެ.

އެވޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ދެ ޕްރޮޖެކްޓުގެ އަގަކީ 21.6 މިލިއަން ރުފިޔާ އެވެ. އެއީ ލ. އިސްދޫ ސްކޫލްގައި ފަސް ކްލާސްރޫމާއި ހަ ފާހާނަ ހެދުމަށް 6.6 މިލިއަން ރުފިޔާ އަދި 10 ރަށެއްގެ ސްކޫލްގެ ކުޅޭ ސަރަހައްދުގައި ޓާފް އެޅުމަށް 15 މިލިއަން ރުފިޔާ އެވެ.

މައުޟޫޢުތަށް