ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް މާދަމާ ހުޅުވަނީ
އަދަދު
8 ނޮވެމްބަރު 2025 | ހޮނިހިރު | 11:06
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް އެއްކޮށް ނުނިމެނީސް ބޮޑު ރަސްމިއްޔާތެއް ބާއްވައި އެތަން ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ނިންމާފައި ވަނީ މާދަމާ އެވެ. ނަމަވެސް އެއާޕޯޓުގައި އަދިވެސް ހަތަރުފަސް މަހުގެ މަސައްކަތް ނުނިމި އެބަހުރި ކަމަށް އެ ރަށު ކައުންސިލް މެންބަރު، އަލީ އިބްރާހިމް އަދަދު އަށް ވިދާޅުވި އެވެ.
"އަދިވެސް ހަތަރުފަސް މަސްދުވަސް ތެރޭގައި ނިންމާލެވޭވަރުގެ މަސައްކަތް އެބަހުރި ނުނިމި، އަހަރުމެންގެ ކަންބޮޑުވުމަކީ އެ މަސައްކަތްތައް ނުނިންމާ އެއާޕޯޓު ހުޅުވީމާ މިތަން ހެދި ކުންފުނިން ކުރަންޖެހޭ އެއްވެސް ކަމެއް ދެން ނޯންނާނެ، މައްސަލައެއް ދިމާވިޔަސް އެމީހުން ކުރަންޖެހޭ ކަމެއް ނޯންނާނެ، ތަން ނުނިމެނީސް ހަވާލުވީމަ،" އަލީ ވިދާޅުވި އެވެ.