ސަރުކާރުން އަންނަ އަހަރަށް ކަނޑައެޅި ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 2.4 މިލިއަން
އަދަދު
8 ނޮވެމްބަރު 2025 | ހޮނިހިރު | 11:31
އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރަން ޖެހޭ ފަތުރުވެރިންގެ އަދަދު ނުވަތަ ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 2.4 މިލިއަން ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.
ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފޮތުގައިވާ ގޮތުން، އަންނަ އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރާ އަދަދަކީ 2.4 މިލިއަން އެވެ. މިއީ މި އަހަރަށް ސަރުކާރުން ފުރަތަމަ ކަނޑައެޅި ޓާގެޓަށްވުރެ ލައްކައެއް އިތުރު އަދަދެކެވެ.
މި އަހަރުގެ ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 2.3 މިލިއަން ނަމަވެސް، ސަރުކާރުން މިހާރު ލަފާކުރާ ގޮތުގައި އެ އަމާޒަށް ވާސިލެއް ނުވެވޭނެ އެވެ. މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ޖަހާފައިވަނީ 2.2 މިލިއަން އެވެ.