މާލެއިން ހުވަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފި
އަދަދު
8 ނޮވެމްބަރު 2025 | ހޮނިހިރު | 3:31
މާލެއިން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ވ. އަތޮޅުގެ ފަރަކަށް އަރައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފަރަށް އަރާފައިވަނީ ފަހިރޯޅި ނަމަކަށް ކިޔާފައިވާ ބޯޓެއް ކަމަށެވެ. ވ. ފެލިދޫ ކައިރި ފަރަކަށް ބޯޓު އެރި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކުރީ ރޭ ފަތިހު އެވެ.
ފަރަށް އެރިއިރު ބޯޓުގައި ތިބީ ޖުމްލަ 12 މީހުންނެވެ. އެއީ ހަ ދަތުރުވެރިންނާއި ބޯޓުގެ ވެރިމީހާ އާއި ކައްޕީގެ އިތުރުން ހަތަރު ފަޅުވެރިންނެވެ.