ސުކޫކު ދައްކަން އިތުރު ބޮންޑެއް ނުވިއްކައި ހުޅުލޭ އެއާޕޯޓުގެ ހިއްސާ ވިއްކައިގެން ފައިސާ ހޯދަން ނަޝީދުގެ ހިޔާލު
އަދަދު
8 ނޮވެމްބަރު 2025 | ހޮނިހިރު | 10:34
އަންނަ އަހަރު ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދައްކަން އިތުރު ބޮންޑެއް ވިއްކުމުގެ ބަދަލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ ވިއްކައިގެން އެ ފައިސާ ހޯދުމަކީ މާ ރަނގަޅު ގޮތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ވިސްނާފައި އޮތީ "ސަސްޓެއިނަބަލް ފައިނޭންސް އިންސްޓްރޫމަންޓް" އެއް ބޭނުންކޮށްގެން ސުކޫކު ރީފައިނޭސްކުރަން، ނުވަތަ އެ ނޫން ވެސް ގޮތަކުން ރީފައިނޭންސް ކުރާށެވެ. އަދި އޭގެން ބައެއް ސޮވްރިން ޑިވެލޮޕްމަންޓު (އެސްޑީއެފް) ގައި ހުރި ފައިސާއިން ދެއްކުމަކީ ވެސް ސަރުކާރުގެ ޕްލޭނުގައި ހިމެނޭ ކަމެކެވެ.
މިރޭ އެކްސްގައި ނަޝީދު ލިޔުއްވި ގޮތުގައި ސުކޫކު ދައްކަން ފައިސާ ހޯދަން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސް މެދުވެރިކޮށް ބޮންޑެއް ވިއްކުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ބޮންޑު ވިއްކޭނީ ވަރަށް މަތީ އިންޓްރެސްޓް ރޭޓެއްގައި ކަމަށް ނަޝީދު ލިޔުއްވި އެވެ.