ބަޖެޓު 2026: ސްޓޫޑެންޓު ލޯނު ދޫކުރަން 776 މިލިއަން ރުފިޔާ ހިމަނައިފި

އަދަދު

9 ނޮވެމްބަރު 2025 | އާދިއްތަ | 12:02

ރާއްޖެ އާއި ބޭރުގެ ގައުމުތަކުން މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ސްޓޫޑެންޓު ލޯނު ދޫކުރަން އަންނަ އަހަރުގެ ބަޖެޓުގައި 776.6 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

މިއީ އަންނަ އަހަރު އަލަށް ދޫކުރާ ލޯނުތަކާއި މިހާރު ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ޖުމްލަ ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކުރާ އަދަދެވެ. މި އަހަރު ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓުގައި ޖެހީ 768 މިލިއަން ރުފިޔާ އެވެ. އޮކްޓޯބަރު ފަހު ހަފުތާއާ ހަމައަށް ދޫކުރީ 453 މިލިއަނެވެ.

ސަރުކާރުން ބަޖެޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު އަލަށް ދޫކުރާ 500 ލޯނާއެކު، ސްޓޫޑެންޓު ލޯނުގެ ދަށުން ފައިސާ ދޭން ޖެހޭ ދަރިވަރުންގެ އަދަދު 3،258 އަށް އަރާނެ އެވެ. މި އަހަރާއި ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން 500 ލޯނުގެ ފުރުސަތު ހުޅުވާލި ނަމަވެސް ކޮންމެ އަހަރަކު ވެސް ޝަރުތު ހަމަވި އެންމެނަށް ލޯނު ދޭން ނިންމި އެވެ.

މައުޟޫޢުތަށް