މަދު ކުންފުނިތަކަކަށް ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ މައްސަލަ ބަލާކަމެއް އޭސީސީން ނުބުނި
އަދަދު
9 ނޮވެމްބަރު 2025 | އާދިއްތަ | 3:12
ބީލަމަށް ނުލައި ޕްރައިވެޓް ކުންފުނިތަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ މައްސަލަ ބަލަމުންދާކަން ސާފުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅު ހަދައިފި އެވެ.
ޕްރައިވެޓް 53 ކުންފުންޏަކަށް ބަހާލި 206 މަޝްރޫއުގެ މައްސަލަ އޭސީސީން އަމިއްލައަށް އިސްނަގައިގެން ނުވަތަ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ވިޔަސް ބަލަމުންދާތޯ އަދަދު އިން ސުވާލުކުރުމުން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ނުދެ އެވެ.
ސަރުކާރުން ބަހާލި މަޝްރޫއުތަކުގެ ތެރެއިން 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރީ ޕީއެންސީއަށް ނިސްބަތްވާ ފަސް މަޖިލިސް މެންބަރެއްގެ ކުންފުންޏަށެވެ. އެއީ ޖުމުލަ 15 މަޝްރޫއެކެވެ.