ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ހާއްސަ މަންދޫބެއް ވަޑައިގެންފި
އަދަދު
9 ނޮވެމްބަރު 2025 | އާދިއްތަ | 2:21
އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންގޮސް ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މޯދީގެ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވީ، އިންޑިއާގެ ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު ކަމަށެވެ. އޭނާއަށް މާލެއިން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އެވެ.
ހަލީލުގެ އިތުރުން މޯދީގެ މަންދޫބަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ބަލަސުބްރަމާނިއަން ވެސް އަދި ދިވެހި ހާރިޖިއްޔާގެ އިސްވެރިން ތިއްބެވި އެވެ.