އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވެސް މަޝްރޫއުތަކުގެ ތަފުސީލު ނެތުމުން އޮޑިޓު އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި
އަދަދު
9 ނޮވެމްބަރު 2025 | އާދިއްތަ | 7:30
މިދިޔަ އަހަރު، މި އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއި އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވެސް ތަރައްގީގެ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހިމަނާފައި ނެތުމުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ ބަޖެޓާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލާއި އޮޑިޓު އޮފީހުން ދޭ ލަފަޔާއި ހިޔާލު ހޯދުމެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަދި އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އޮފް އޮޑިޓު، މުހައްމަދު ޝާން ވަނީ މަޝްރޫއުތަކުގެ ތަފުސީލު ނެތުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޮޑިޓުގެ ބޭނުމަށް ފިނޭންސުން ދެނީ ހަމައެކަނި ހަރަދުވި ފައިސާގެ ތަފުސީލު ކަމަށާއި ރާވާފައިވާ ކަންކަމުގެ ތަފުސީލު އޮޑިޓު އޮފީހާ ވެސް ހިއްސާ ނުކުރާކަން އެ އޮފީހުގެ އޮފިޝަލުން މިއަދު ފާހަގަކުރެއްވި އެވެ.