ހުލާސާކޮށް އިއްޔެ: ހަނިމާދޫ އެއާޕޯޓާއެކު ތަރައްގީ ޖީލުތަކަކަށް!
އަދަދު
10 ނޮވެމްބަރު 2025 | ހޯމަ | 6:48
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެނައި ހަނިމާދޫ އާ އެއާޕޯޓާއެކު ލާމަރުކަޒީ ތަރައްގީ ޖީލުތަކަކަށް ދެމިގެންދާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީގެ ސަރުކާރުން ތަރައްގީކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިރޭ ހުޅުވުމާ ގުޅިގެން، އޭރު އިކޮނޮމިކް މިނިސްޓަރަށް ހުންނެވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއާޕޯޓަކީ ލާމަރުކަޒީ ތަރައްގީގެ ކާމިޔާބު މަޝްރޫއުއެއް ކަމަށެވެ.
މިއީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އިގުތިސާދީ މިނިވަންކަން ލިބި، ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.