މި ސަރުކާރުގައި ތިބީ ހަނިމާދޫ އެއާޕޯޓަށް ފުރައްސާރަކޮށް ދޮގު ފެތުރި މީހުން: ކައުންސިލްގެ ނައިބު ރައީސް

އަދަދު

10 ނޮވެމްބަރު 2025 | ހޯމަ | 8:49

ރާއްޖޭގެ އުތުރަށް، ހާއްސަކޮށް ބޮޑުތިލަދުން މައްޗަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީގެ ވެރިކަމުގައި ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ޝަރަފު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ލިބުނަސް، އެ ބޭފުޅުންނަކީ އެ މަޝްރޫއުއަށް ފުރައްސާރަކޮށް، ދޮގު ފެތުރި މީހުން ކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ޓެގުކޮށް ފިރާގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިރޭ ހުޅުވިގެން މި ދިޔައީ ތިޔަ ބޭފުޅުންގެ ޒައާމަތުގައި އެޅި ބިންގާ" ކަމަށެވެ.

"އެ ދުވަހު، ދޮގާ ފުރައްސާރަ ކުރި މީހުން މިއަދު ކުރީ ސަފުގަ ތިބެ، އެ ޝަރަފު އެލިބިގަތީ،" ރައީސް މުހައްމަދު މުއިއްޒު އާއި މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނޭ ގޮތަށް އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވި އެވެ.

މައުޟޫޢުތަށް