ސައީދު މިހާރު ވިދާޅުވަނީ އޭނާއަށް "ދުއްޕާނަކަށްވި" ހަނިމާދޫ އެއާޕޯޓަކީ ތަރައްގީގެ ނާރެހެއް ކަމަށް

އަދަދު

10 ނޮވެމްބަރު 2025 | ހޯމަ | 9:49

އިދިކޮޅުގައި ހުންނެވިއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނަށް ބާރު ދެއްވަމުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ "ދުއްޕާނެއް" ކަމަށް އިގްތިސާދީ މިނިސްޓަރު ވިދާޅުވުމަށްފަހު، އެއީ ތަރައްގީގެ ނާރެހެއް ކަމަށް، އެ އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރޭ ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި ހަނިމާދޫ އެއާޕޯޓާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ސައީދު ވާހަކަ ދެއްކެވީ އޭރު އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގަ އެވެ. ސައީދު ވިދާޅުވީ ހަނިމާދޫގައި އަލަށް ތަރައްގީކުރި ރަންވޭ އަކީ އެ ރަށަށް ބޭނުންވާ ވަރަށްވުރެ ބޮޑު އަސްކަރީ ބޭނުމަށް ތަރައްގީކުރާ ރަންވޭއެއް ކަމަށެވެ.

"ހަނިމާދުއަށް ބޭނުން ނުވާ ވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ މާލިއްޔާއިން. އިންޑިއާ އަޅުގަނޑުމެންގެ ބޮލުގައި އެޅުވީމަ ދުއްޕާނަކަށް ނުވޭތޯ،" ސައީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް