އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް
އަދަދު
10 ނޮވެމްބަރު 2025 | ހޯމަ | 12:14
ހުޅުމާލޭގައި ފޭސް 1، ގައި މިދިޔަ ހޮނިހިރު ހިނގި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ ހ. ފަންއަރި، އަހްމަދު އައުސާމް ހަނީފް، 26 އާއި ހ. ބްލޫލޫން މުހައްމަދު ޖައުޝަން، 29 އެވެ.
އެ ދެމީހުންނަކީ ވެސް ހައްޔަރާއި ބަންދު ލޮގް އޮތް ދެ މީހުންކަން ކޯޓު އަމުރުން އެނގެ އެވެ.