ބީއެމްއެލް ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓު މަތިކޮށް، ކާޑު މެޝިނުން ނަގާ މާޗަންޓު ފީ ކުޑަކޮށްފި

އަދަދު

10 ނޮވެމްބަރު 2025 | ހޯމަ | 12:13

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑު ބޭނުންކޮށްގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ އަދަދު އިތުރުކޮށް އެ ބޭންކުގެ ޕީއޯއެސް މެޝިންތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުން ނަގާ މާޗަންޓު ފީ ކުޑަކޮށްފި އެވެ.

ބީއެމްއެލް އިން ޕީއޯއެސް މެޝިން ބޭނުންކުރަން ފެށީއްސުރެ މާޗަންޓު ފީ ހިފެހެއްޓިފައި ހުރީ 2.5 ޕަސެންޓުގަ އެވެ. އެ އަދަދު މާދަމާއިން ފެށިގެން އެއް ޕަސެންޓަށް ދަށްކުރަން ނިންމާފައިވާ ކަމަށް ބޭންކުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

މިއީ އެ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާއި ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް އެޅި ފިޔަވަޅެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މިކަމުގެ ސަބަބުން ބީއެމްއެލްގެ ޕީއޯއެސް މެޝިންގެ ހިދުމަތް ހޯދާ 7،000 އެެއްހާ ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް އެ ބޭންކުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް