އެމްޑީޕީ ޕްރައިމަރީ: މާލޭގެ މޭޔަރު ޓިކެޓަށް ވާދަކުރަނީ ދެ އާޒިމް
އަދަދު
10 ނޮވެމްބަރު 2025 | ހޯމަ | 1:17
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ކަން އެނގިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ އާޒިމް ވެސް މިހާރު ވަނީ ކެމްޕޭން ފަށާފަ އެވެ. އާދަމް އާޒިމްގެ ކެމްޕޭނު ހަރަކާތްތަކެއް މިދިޔަ ހަފުތާގެ ތެރޭ މާލޭގައި ބާއްވާފައިވެ އެވެ. އަލީ އާޒިމްގެ ރަސްމީ ކެމްޕޭން ހަރަކާތެއް އަދި ނުބާއްވަ އެވެ.
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް މޭޔަރުކަން ކާމިޔާބުކުރެއްވީ 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މާލެ ސިޓީން 31 ޕަސެންޓު މީހުން ވޯޓުލީ އިންތިހާބުގެ 44.8 ޕަސެންޓު ހޯއްދަވައިގެންނެވެ.